ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބާއްވާ ޚާއްސަ ޖަލްސާ މިރޭ އޮންނާނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ "އައްޑަނަ" ނަމުގައި ބާއްވާ މި ޚާއްސަ ޖަލްސާ އޮންނާނީ މިރޭ 20:15 ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ.
މިއީ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ބާއްވާ ޖަލްސާ އެކެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އެ ކޯލިޝަންގެ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށް ފަހު، އަނެއްކާ ވެސް މިވަނީ އެ ކޯލިޝަންގެ ހަރަކާތްތައް ފަށާފައި ކަމަށް އެ ކޯލިޝަނުން ބުނެ އެވެ.
މީގެ ކުރިން ވެސް އެ ކޯލިޝަންގެ ހަރަކާތްތައް ސިލްސިލާކޮށް ފެށުމަށް ފަހު، ވަނީ މެދުކެނޑިފަ އެވެ. ނަމަވެސް އެ ކޯލިޝަނުން ބުނީ މިރޭ މިފަށާ ބޮޑު ޖަލްސާ އާއެކު ހަރަކާތްތައް އިހުނަށް ވުރެ، ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިފަދަ އިތުރު ހަރަކާތްތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ކޯލިޝަނުން މިހެން ބުނެފައިވާ އިރު، އެ ކޯލިޝަނަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްވެސް މިހާރުވަނީ ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް