ބަތަލާ އިރޫ، ކައިވެންޏާއެކު ފިލްމީ ދާއިރާއާ ދުރަށް!

ދިވެހި ފިލްމީ އިންޑަސްޓްރީއަށް ދާދި ފަހުން ތައާރަފުވި އިރުފާނާ އިބްރާހިމް (އިރޫ) ކައިވެނިކޮށްފި އެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އިރޫ ކައިވެނިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި، ގދ. ތިނަދޫއަށް ނިސްބަތް...

03 Sep 2021 | 11:06

ދިވެހި ފިލްމީ އިންޑަސްޓްރީއަށް ދާދި ފަހުން ތައާރަފުވި އިރުފާނާ އިބްރާހިމް (އިރޫ) ކައިވެނިކޮށްފި އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އިރޫ ކައިވެނިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި، ގދ. ތިނަދޫއަށް ނިސްބަތްވާ ހަމްޝް މުހައްމަދު ކިޔާ ޒުވާނަކާ އެވެ.

އިރޫ ފިލްމީ ދާއިރާއަށް ވަދެފައި ހޮރޯކޮމެޑީ '40ޕްލަސް' އިން ނެވެ. އެއަށްފަހު، ފާތިމަތު ނަހުލާގެ ވެބް ސީރީޒް 'ހުވާ' އިން ފެނިގެން ދިޔަ އެވެ. އަދި 'ކޮސްގިނަ މިސްޓޭކްސް'، 'ކާކު؟'، 'ލޯބި ވެވިއްޖެ'، އިން ވެސް އިރޫ ވަނީ ފެނިފަ އެވެ.

މީގެ އިތުރުން 'ހެހެސް' އާއި ބައެއް ވެބް ސީރީޒްތައް ކަމަށްވާ 'ޝްްޝް'، 'ގެއްލުނު ފުރާނަ' އަދި 'ޔެސް ސަރ' ފާހަގަކުރެވެ އެވެ.

އިރޫ މި ފަހުން ފެންނަނީ ފިލްމީ ދާއިރާއާ ވަރަށް ދުރުގައި ހުރި ތަނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، “މިހާރު ފިލްމީ ކަންކަމާއި ނޫޅެން” ކަމަށް އިރޫ ވަނީ ބުނެފަ އެވެ.

އަލަތު ކައިވެންޏާއެކު މި ދާއިރާއާ އޭނާ މުޅިންހެން ދުރަށް ދިއުމަކީ ވެދާނެ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް