އިސްލާމް ދީނަކީ ޢަމަލާއި މަސައްކަތުގެ ދީން ކަމަށާއި އުފެއްދުންތެރިކަމަށް ގޮވާލާ، އެކަމަށް ހިތްވަރުދޭ ދީން ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ބުނެފި އެވެ.
ޚުތުބާގައި ބުނީ މުއުމިން އަޅާ އަކީ، މާތްﷲަ އަމުރުކުރެއްވި ފަދައިން ދުނިޔެއާއި އާޚިރަތް އާރާސްތުކުރުމަށް ތެދުވެ، ގަދައަޅާ މަސައްކަތް ކުރާ މީހާ ކަމަށެވެ.
އޭނާއަކީ މާތްﷲ އޭނާއާ ހަވާލުކުރެއްވި ބިމުގެ ޚަލީފާކަން އަދާކުރުމަށްޓަކައި އޭނާގެ ޚިދުމަތުގައި އެކަލާނގެ ލެއްވި ޚައިރާތުތައް ހޯދާ، އެ އެއްޗެހިން ހެޔޮގޮތުގައި ލާބައާއި މަންފާ ލިބިގަންނަ މީހާ ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.
"އަޅުގަނޑުމެން އެތާނގެ މަތީގައި މިދިރިއުޅޭ ބިން މާތްﷲ މިވަނީ އިންސާނާއަށްޓަކައި ކިޔަމަން ކުރައްވާފަ. އޭގެމަތީގައި އަމާންކަމާއި އަރާމާއި ހިތްހަމަޖެހުމާއިއެކު އިންސާނާ ދިރިއުޅުމަށްޓަކާ. މާތްﷲ އެބިމުގައިވަނީ ހަޔާތަަށް ބޭނުންވާ ހުރިހާ ސަބަބުތަކެއް ތަނަވަސްކޮށްދެއްވާފަ." ޚުތުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ މަސައްކަތަކީ އެއާއު ދުރަށް ގޮސްގެން ފުދުންތެރިކަން ހާސިލުކުރެވެން ނެތް ޞަރޫރަތެއް ކަމަށާއި މަސައްކަތް ނެތިއްޖެނަމަ، ދުނިޔޭގެ ހަޔާތް ހުއްޓިދާނެ ކަމަށެވެ. އަދި މި ބިމާއި ގެއްލުމާއި ހަލާކު އަތުވެދާނެ ކަމަށެވެ.
"މަސްވެރިކަން ކުރުމާއި ދަނޑުގޮވާންކުރުން ހުއްޓާލެވިއްޖެ ނަމަ، ކާބޯތަކެތި ހޯދާނީ ކޮން ތަނަކުން ހެއްޔެވެ؟ ވިޔަފާރިއާއި މަސައްކަތްތެރިކަމުގެ އުފެއްދުންތައް ހުއްޓުވާލެވިއްޖެނަމަ، ދިރިއުޅޭނީ ކިހިނަކުން ހެއްޔެވެ؟ މަސައްކަތްތެރިކަމުގެ އެންމެބާވަތެއް ހުއްޓާލެވުނަސް މަސްލަހަތު ބުރޫ އަރައި، ހަޔާތް ނުތަނަވަސް ވެދާނެ އެވެ. ބަލިމަޑުކަން ފެތުރި ޢާންމުވެދާނެއެވެ. އިންސާނުންނަށް ދެމިތިބުމުގެ ހުރިހާ ސަބަބުތަކެއް މާތްﷲ ވަނީ އެކަލާނގެ ދަރުމަވަންތަކަމުން މި ބިމުގައި ލައްވާފައެވެ." ޚުތުބާގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް