މީހާރު އޮތް ކުންފުންޏާ ބެހޭ ގާނޫނު އުވާލައި، ކުންފުންޏާ ބެހޭ އާ ގާނޫނެއް ހަދަން އާއްމުންގެ ޚިޔާލު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ އިގްތިސޯދަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށްޓަކައި، ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2019-2023 (އެސްއޭޕީގައި) ހިމަނާފައިވާ މުހިއްމު ސިޔާސަތުތަކުގެ ތެރެއިން، ޤާނޫނީ އޮނިގަނޑެއް ތައާރަފުކޮށް، ވަރލްޑް ބޭންކުގެ ޑުއިން ބިޒްނަސް އިންޑެކްސްގައި ވިޔަފާރިތަކަށް ފަހި މާހައުލެއް އޮތް ގައުމުތަކުގެ ރޭންކިންގައި ކުރިއެރުމަށް ރާއްޖެއަށް އޮތް ހުރަސްތައް ނައްތާލުމައްޓަކައި 'ކުންފުނީގެ ބިލް' ގެ ދެލި ކޮޕީ އާއްމުންގެ ހިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.
މިނިސްޓްރީން ބުނީ، ކުންފުނީގެ ބިލުގެ އެންމެ މުހިއްމު މަޤްޞަދަކީ، އިޤްތިސާދީ އަދި އިޖްތިމާއީ ނަފާ ހޯދުމަށްޓަކައި، އިޤްތިޞާދީ އުފެއްދުންތެރިކަމުގެ ބޭނުންތަކަށް ރައުސްމާލު އިންވެސްޓްކޮށް، އިޤްތިސާދީ އަދި ވިޔަފާރީގެ ރިސްކު ނަގައި، ޤައުމުގެ އިގްތިސާދުގައި ވިޔަފާރިތައް ހަރަކާތްތެރިވުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.
މީގެ އިތުރުން، ތަރައްގީވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ ގާނޫނީ އުސޫލުތަކާ އެއްހަމައެއްގައި ދިވެހިރާއްޖޭގައި ވެސް ވިޔަފާރި ޝަޚްސެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީ ކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި އެކަންކަމުގައި ޢަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތްތައް ކަނޑައެޅުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް