ދެވަނަ ކުއާޓަރގައި ދައުލަތުގެ ރިޒަރވު 30 އިންސައްތަ އިތުރުވެއްޖެ

މި ހިނގާ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ދައުލަތުގެ ރިޒަރވް 30 އިންސައްތަ އިތުރުވެއްޖެ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި "ކުއާޓަރލީ ބްލެޓިންގ" ގައިވާ ގޮތުން ދެވަނަ ކު...

03 Sep 2021 | 06:41

މި ހިނގާ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ދައުލަތުގެ ރިޒަރވް 30 އިންސައްތަ އިތުރުވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި "ކުއާޓަރލީ ބްލެޓިންގ" ގައިވާ ގޮތުން ދެވަނަ ކުއާޓަރގައި ޖުމްލަ ރިޒަރވް ވަނީ 912.4 މިލިއަން ޑޮލަރަށް އުފުލިފަ އެވެ.

މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާއި ބަލާއިރު 30 އިންސައްތައިގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ރިޒަރވްގެ އިތުރުވީ 8 އިންސައްތައަށެވެ.

ރާއްޖޭގެ ރިޒަރވް އިތުރުވެފައި މިވަނީ ސަރުކާރުން ވިއްކި ސުކޫކްގެ ފައިސާ އާއި އިންޑިއާގެ ރިޒަރވް ބޭންކް އޮފް (އާރްބީއައި) ގެ ސަބަބުން ނެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މި އަދަދު ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖޭގެ ޖުމްލަ ރިޒަރވް އާއްމު ކުރިނަމަވެސް ރާއްޖޭގެ ބޭނުން ކުރެވޭ ރިޒަރވް ނުވަތަ "ޔޫޒަބަލް ރިޒަރވް" އާއްމު ކުރުން އެމްއެމްއޭއިން ވަނީ ހުއްޓާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް