ތެލާއި ކާޑު ގަންނަން އެސްޓީއޯއިން 1.1 ބިލިއަން ރުފިޔާ ހޯދައިފި

ތެލާއި ކާޑު ގަންނަން ސްޓޭޑް ޓްރެޑިންގ އޯގަނޭޒޭޝަން (އެސްޓީއޯ) އިން 1.1 ބިލިއަން ރުފިޔާ ހޯދައިފި އެވެ. އެސްޓީއޯއިން މި ފައިސާ ހޯދީ، 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ގެ ޓްރޭޑް ފައިނޭންސިންގ ފެސި...

03 Sep 2021 | 06:37

ތެލާއި ކާޑު ގަންނަން ސްޓޭޑް ޓްރެޑިންގ އޯގަނޭޒޭޝަން (އެސްޓީއޯ) އިން 1.1 ބިލިއަން ރުފިޔާ ހޯދައިފި އެވެ.

އެސްޓީއޯއިން މި ފައިސާ ހޯދީ، 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ގެ ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއެއްގެ ގޮތުގައި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިންގ ކޯޕަރޭޝަނާއި އެކު އިއްޔެ ސޮއިކޮށްގެން ނެވެ.

މި އެއްބަސްވުމުގެ ދަށުން ފައިސާ ދޭން އެއްބަސްވި އިސްލާމިކް ޓްރޭޑް ފައިނޭންސިންގ ކޯޕަރޭޝަނަކީ އައިއެސްޑީބީގެ ޓްރޭޑް ފައިނޭންސިން ގޮތްޕެވެ.

އުޒުބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު އެވެ. ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ ސީއީއޯ ހާނީ ސާލެމް އެވެ.

ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނުން ބުނީ އެސްޓީއޯއަށް ދޫކުރި ފައިސާއަކީ ކޯވިޑް-19އާ ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ އިގުތިސާދު ދިރުވަން ކުރާ މަސައްކަތަށް މުހިންމު ފެސިލިޓީއެއް ކަމަށެވެ.

މި ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއަކީ އިސްލާމިކް ފައިނޭންސިންގެ މުރާބަހާ ފައިނޭންސިންގ ފެސިލިޓީއެކެވެ.

އެސްޓީއޯއިން މި ފެސިލިޓީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް