މި މަހުގެ 11 ވަނަ ދުވަހު މުޅި ރާއްޖޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުން ދާ ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.
އެމްޑީޕީން މިއަދު ފުވައްމުލަކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ މި މުޒަހަރާއަކީ ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އެމްޑީޕީން އިންތިޒާމް ކުރާ ހަރަކާތެއްކަމަށެވެ.
އަދި މިމުޒާހަރާގައި ހުރިހާ ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް ގޮވާލާނެކަމަށާއި މުޒާހަރާއާއި ގުޅެން ބޭނުންވާ އެހެން ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާކަމަށާއި މާލޭގައި މުޒާހަރާތައް ބޭއްވުމުގެ ބަދަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ބާއްވާނެކަމަށް އެމްޑީޕީން ބުނެ އެވެ.
އަދި މުޒާހަރާގެ ކަންކަން ކުރިއަށްގެންދާނެ ވަކި ގޮތްތަކެއް ރާވާނީ ޕާޓީގެ ގައުމީ މަޖިލީހުން ކަމަށާއި އެއްވަގުތެއްގައި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި މުޒާހަރާ ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް އެމްޑީޕީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް