މަޖިލީހަށް ހުށަހަޅާފައިވާ، އެ ބިލެއް ފާސްވުމުން ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ ބިލު ފާސްވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ޕާލަމެންޓަރީ ގްރޫޕަށާއި އާންމު މެމްބަރުންނަށް އެ ޕާޓީގެ ބައެއް ގޮފިތަކުން ގޮވާލައިފި އެވެ.
މިކަމަށް ބައެއް ގޮފިތަކުން ގޮވާލާފައިވަނީ އެ ގޮފިތަކުން ނެރުނު ނޫސްބަޔާން ތަކެއްގަ އެވެ.
އެގޮތުން އެ ޕާޓީގެ ލާމަސީލު ގޮފިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މައުމޫނަކީ އާންމު މެމްބަރުން ވަރަށް އިހުތިރާމްކުރާ އެހާމެ ލޯބިފުޅުވާ ގިނަ ރައްޔިތުންތަކެއްގެ ތާއީދު ލިބިވަޑައިގެން ހުންނެވި ލީޑަރެއް ކަމަށެވެ. އެ އިސްލާހު ފާސްވިޔަ ނުދެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ގޮފީގެ މެމްބަރުންނާއި ސަޕޯޓަރުން ޕާލަމެންޓަރީ ގްރޫޕާއި ޕާޓީގެ ކައުންސިލް ގޮވާލާ ކަމަށެވެ.
ފުލިދޫ މެމްބަރުންގެ ރޫހު ގޮފިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރައީސް މައުމޫނަކީ އެ މަނިކުފާނު ޕާޓީގައި ހުންނެވުމުން އެންމެން ފަހުރުވެރިވާ ހަރުދަނާ އުސޫލުތަކެއް ގެންގުޅުއްވާ ސިޔާސީ ލީޑަރެއް ކަމަށެވެ. "އެމަނިކުފާނަކީ ނަމޫނާ ލީޑަރަކަށް ވީ ހިނދު ކައުންސިލްއާއި ޕާލަމެންޓަރީ ގްރޫޕަށް ގޮވާލަން" އެ ބަޔާނުގައި ވެ އެވެ.
ވިލިމާ ގޮފިން ބުނެފައިވަނީ ޒާތީ ތައައްސުބުން ފުރިފައިވާ އިސްލާހެއް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅުމުގެ ބޭނުމަކީ ޕީޕީއެމްއާއި ރައީސް މައުމޫނަށް ތާއީދު ކުރާ އެތައް ހާސް ރައްޔިތުންނެއްގެ މެދުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިނުމަށް ކުރާ ކަމެއް ކަމަށާއި އެ ބިލު ބޭރުކުރުމަށް ޕާލަމެންޓަރީ ގްރޫޕްގެ ކިބައިން އެދޭ ކަމަށެވެ.
ބިލެތްފަހީ ހުވާސް ގޮފިން ބުނެފައިވަނީ ޕާޓީގެ ފިކުރު ބިނާވަނީ 30 އަހަރުގެ ބާނީ އާއި އެކުގައި ކަމަށާއި ޕާޓީ ހިންގަންޖެހޭނީ ރައީސް މައުމޫންގެ ފިކުރު އެކުލެވިގެން ކަމަށެވެ.. އަދިދުރުކުރުމަށް ކުރާ މަސައްކަތަށް ތާއީދު ނުކުރާ ކަމަށާއި އެ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
މީގެ އިތުރުން ފިނޭ އެކުވެރިންގެ ރޫހު ގޮފިންނާއި ގަލޮޅު ރޫހުގޮފިންވެސް ވަނީ މި މޭރުނުން ވާހަކަ ބިނާކޮށް ނޫސް ބަޔާން ނެރެފަ އެވެ.
މަޖިލީހަށް މެމްބަރު އާޒިމް ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެ ނަމަ ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސްކަން އަދި ގާސިމް އިބްރާހިމް އަށް ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ގެއްލޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް