ލީޑަޝިޕް ބަދުނާމުވާފަދަ އެއްވެސް ވާހަކައެއް މީޑިއާގައި ނުދެއްކުމަށް އިލްތިމާސްކުރަން: ޕީޕީއެމް

ޕާޓީގެ ރައީސާއި ލީޑަޝިޕް ބަދުނާމުވާފަދަ އެއްވެސް ވާހަކައެއް މީޑީއާގެ އެއްވެސް ވަސީލަތެއްގައި ނުދެއްކުމަށް އިލްތިމާސްކުރާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ. ޕީޕީއެމް އިން މިހެން ބުނެފައިވަނީ އެ ޕާޓީން މ...

03 Sep 2015 | 12:47

ޕާޓީގެ ރައީސާއި ލީޑަޝިޕް ބަދުނާމުވާފަދަ އެއްވެސް ވާހަކައެއް މީޑީއާގެ އެއްވެސް ވަސީލަތެއްގައި ނުދެއްކުމަށް އިލްތިމާސްކުރާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން މިހެން ބުނެފައިވަނީ އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕާޓީގެ ލީޑަޝިޕް ބަދުނާމްވާގޮތަށް، ހަގީގަތާ ހިލާފު ބައެއް ވާހަކަތައް މީޑިއާގައި އާއި ސޯޝަލް މީޑީއާގެ ވަސީލަތްތަކުގައި ހާއްސަކޮށް ވައިބާ ގްރޫޕްތަކުގައި ބައެއް ބޭފުޅުން ދައްކަވަމުން ގެންދަވާތީ އެކަމާ ޕާޓީން ހިތާމަ ކުރާ ކަމަށެވެ. އަދި މި ފަދަ ވާހަކަތައް ދައްކަވާ ބޭފުޅުންނަކީ ޕާޓީގެ މެމްބަރުންނާއި، ޕާޓީގެ އިސް ސަފުފައި ހަރަކާތްތެރިވެވަޑައިގަންނވާ ބޭފުޅުން ކަމުގައި ވާނަމަ އެކަމުގެ ސަބަބުން ޕާޓީގެ ތެރޭގައި ނުތަނަވަސްކަން އުފެދި، ޕާޓީ ބައިބައިވެ ބަލިކަށިވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވެސް އެ ބަޔާނުގައި ވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެފަދަ ކަންތައް އެ މޭރުމުން ހިނގާނަމަ، ޕާޓީ ބައިބައިކޮށް ބަލިކަށި ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެން ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް