އެހީއަށް އެދުމުގެ ފުރުސަތު ޤުރުއާން ކުލާސްތަކަށް ހުޅުވާލައިފި

އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކުލާސްތަކުން އެހީއަށް އެދުމުގެ ފުރުސަތު އެ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ. އެ މިނިސްޓްރީން ބުނީ މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގ...

03 Sep 2015 | 04:30

އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކުލާސްތަކުން އެހީއަށް އެދުމުގެ ފުރުސަތު އެ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ޤުރުއާން ކްލާސްތަކަށް 2015 ވަނަ އަހަރަށް އެހީދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. މި އެހީ ދޫކުރާނީ މިކަމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅާ ޤުރުއާން ކްލާސްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ލިބޭ 25 (ފަންސަވީސް) ކުލާހަކަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ އެހީއަށް އެދޭފޯމު އަދި ޤުރުއާން ކްލާސްތަކަށް އެހީދޭ އުސޫލު 3 ސެޕްޓެންބަރު 2015 އިން ފެށިގެން މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި އެހީއަށް އެދޭފޯމު ބަލައިގަތުން އޮންނާނީ 20 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް