ގެވެށި މަސައްކަތްތެރިންގެ ގޮތުގައި ދެން ގެނެވޭނީ 23 އަހަރާއި 58 އަހަރާއި ދެމެދުގެ ބިދޭސީން ކަމަށް ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ހަމަޖައްސައިފި އެވެ.
އެގޮތަށް ހަމަޖައްސާފައިވާކަން އަންގާފައިވަނީ އެ ޑިޕާޓްމެންޓުން ކޮށްފައިވާ އިއުލާނެއްގަ އެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ގެވެށި މަސައްކަތްތެރިންގެ ގޮތުގައި "ޑޮމެސްޓިކް ސާރވަންޓް" އާއި "ޑޮމެސްޓިކް ޑްރައިވަރ" އަދި "އެޓެންޑެންޓް" މި މަގާމުތަކަށް ގެންނަ ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމަށް މިހާރު ކަނޑައަޅާފައިވާ އުމުރުފުރައިގެ ސަބަބުން، މި މަގާމުތަކަށް ބިދޭސީ މުވައްޒަފުން ހޯއްދެވުމުގައި ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދަތިތަކާ ދިމާވަމުންދާ ކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކަކުން އެ ޑިޕާޓްމެންޓަށް ހުށަހަޅާ ކަމަށެވެ.
އެހެންކަމުން ގެވެށި މަސައްކަތްތެރިންގެ ގޮތުގައި އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވޭނީ އުމުރުން 23 އަހަރާއި 58 އަހަރާ ދެމެދުގެ ބިދޭސީންނަށް ކަމުގައި ހަމަޖައްސައި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރާ ކަމަށް އެ އިއުލާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް