ދައުލަތުން ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ލީގަލް އެއިޑް ހޯދުމަށް ލޯފާމެއް ހޯދަނީ

ގާނޫނީ އެހީތެރިކަމަށް އެދި އެދި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި ލީގަލް އެއިޑް ފޯރުކޮށްދޭނެ ލޯ ފާމެއް ހޯދުމަށް އިއުލާނު ކޮށްފި އެވެ. އޭޖީ އޮފީހުން ކޮށްފައިވާ އިއުލާނުގައި ބުނެ...

03 Sep 2015 | 04:02

ގާނޫނީ އެހީތެރިކަމަށް އެދި އެދި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި ލީގަލް އެއިޑް ފޯރުކޮށްދޭނެ ލޯ ފާމެއް ހޯދުމަށް އިއުލާނު ކޮށްފި އެވެ.

އޭޖީ އޮފީހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަންނެތް މީހުންނަށް މިއޮފީހުން ދެމުންގެންދާ ޤާނޫނީ އެހީތެރިކަން ދެއްވުމަށްޓަކައި، ޤާނޫނީ އެހީތެރިކަމަށް އެދި މިއޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި ލީގަލް އެއިޑް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ލޯފާމެއް ހޯދުމަށް މިއޮފީހަށް ބޭނުންވާ ކަމަށެވެ.

މިމަސައްކަތާ ޙަވާލުވެ، މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް އޭޖީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެނިޔަލަށް އަންދާސީހިސާބު ހުށަހެޅުމަށް އެ އޮފީހުގެ އިއުލާނުގައި އެދިފައި ވެ އެވެ. އަދި  މައުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމަށްވެސް އެ އިއުލާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް