މިވަގުތު ހުރީ ހުސްހަށިބައިކޮށް ލޯބީގެ ގުޅުމަކަށް ދާކަހަލަ މޫޑެއް އަދި ނެތް ކަމަށް ބޮލީވުޑްގެ މިވަގުތު އެންމެ އަގުބޮޑު އަންހެންތަރި ކަންގަނާ ރަނާވަތު ބުނެފި އެވެ.
ކަންގަނާ މިހެން ބުނެފައިވާއިރު ކަންގަނާ މިވަގުތު ހުރީ ހުސްކޮށް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން އެއް ބަޔަކު ބުނާގޮތުން ކަންގަނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެކްޓަރު އަދިތްޔަ ޕަންޗޯލީ އާ އެވެ. އަނެއް ބަޔަކު ބުނަނީ ކަންގަނާގެ ލޯބިވެރިޔަކީ އަދަޔަން ސުމަން ކަމަށެވެ.
"މިވަގުތު އަހަރެންގެ ދިރިއުޅުމުގަ މީހަކު ނެތް، ލޯބީގެ ގުޅުމަކަށް ދާކަށްވެސް ބޭނުމެއް ނޫން، އެކަހަލަ ގުޅުމަކަށް ގޮސްފި ނަމަ އެކަމަށް މާ ގިނަ ވަގުތު ހޭދަވާނެ، އޭރަށް އޮންނާނީ ފިލްމު ކުޅެން ވަގުތު ނުދެވިފައި" ކަންގަނާ ބުނެފައި ވެ އެވެ.
ކަންގަނާ ބުނެފައިވަނީ ލޯބީގެ ގުޅުމެއް އެންމެ ބޮޑަށް ވައްތަރުވާނީ ކުޑަ ކުއްޖަކާ ކަމަށާއި ވަރަށް އަޅާލުން ބޭނުންވާނެ ކަމަށެވެ. އެކަކު ބިޒީ ވެއްޖެ ނަމަ އަނެކަކު ހަނދާންނެތުމާއި ރުޅި ފަދަ ކަންކަން އަންނާނެ ކަމަށާއި ގުޅުމަކަށް ނުދަނީ އެއްވެސް މީހަކަށް ދެރައެއް ދޭން ބޭނުން ނުވާތީ ކަމަށް ކަންގަނާ ބުނެފައި ވެ އެވެ.
ކަންގަނާ މިވަގުތުވެސް ދަނީ ބޮލީވުޑް ބޮޑު ތިން ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ ވިޝާލް ބާރަދްވާޖް ގެ ރަންގޫން އާއި ކޭތަން މެހެތާގެ ރާނީ ލަކްސްމީބާއީ ގެ އިތުރުން ހަންސަލް މެހެތާގެ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް