އީރާނުގައި އަންހެނުން ބުރުގާ ނާޅާ ވެހިކަލް ދުއްވައިފިނަމަ ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށަށް

އިރާނުގެ ކެޕިޓަލްގައި ނަމަކަށް ބުރުގައި އަޅައިގެން ނޫނީ ބުރުގާ ނާޅާ ވެހިކަލް ދުއްވާ އަންހެނުން ހުއްޓުވައި އެމީހުންގެ ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ނިންމާފައި ވާކަމަށް އީރާނުގެ ޕޮލިސް ޗީ...

03 Sep 2015 | 02:33

އިރާނުގެ ކެޕިޓަލްގައި ނަމަކަށް ބުރުގައި އަޅައިގެން ނޫނީ ބުރުގާ ނާޅާ ވެހިކަލް ދުއްވާ އަންހެނުން ހުއްޓުވައި އެމީހުންގެ ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ނިންމާފައި ވާކަމަށް އީރާނުގެ ޕޮލިސް ޗީފް ބުނެފި އެވެ.

"ބުރުގާ އަޅާފައި ހުރީ އުސޫލްތަކާއި ހިލާފަށް ހަމައެކަނި ނަކަމަށް ކަމުގައި ވާނަމަ، ނޫނީ ބުރުގާ ނާޅާނަމަ އާ ގާނޫނުގެ ދަށުން އެ ވެހިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ" އައިއެސްއެންއޭ ނޫސް އޭޖެންސީއަށް ދިން އިންޓަވިއުއެއެއްގައި ޖެނެރަލް ތޭމޯރު ހޮސެއިނީ ބުނެފައި ވެ އެވެ.

އޭނާ އިތުރަށް ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ކާރު އަނބުރާ ހޯދޭނީ ކޯޓު އޯޑަރެއްގެ ހޯދައިގެން ކަމަށެވެ.

އީރާނުގައި އާންމު މުޖްތަމައުގައި އުޅޭއިރު ބުރުގާ އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކަނޑައަޅާފައި ވަނީ 1979 ގަ އެވެ. ނަމަވެސް ފަހަކަށް އައިސް އެކަމާ މެދު މާ ބޮޑަށް އަޅާލާތަން ފެނިގެން ގޮސްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް