ރައީސުލްޖުމްހޫރިިއްޔާ މުއިއްޒު ސަރުކާރަށް ނުވަ ވަރަކަށް މަސް ފާއިތު ވެގެން ދިޔަ އިރު ރާއްޖޭގެ "އިންޑިއާ އައުޓް" ސިޔާސަތު "ވެލްކަމް އިންޑިއާ" އަށް ބަދަލުވެއްޖެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ވެރިކަމުގެ ސިޔާސަތުގެ ދަށުން ވަނީ ރާއްޖޭގައި ތިބި 88 އިންޑިއާ ސިފައިން ބޭރުކޮށްފައެވެ. އަދި އިންޑިއާއިން ހަދިޔާކޮށްފައިވާ އުޅަނދުތައް އޮޕަރޭޓު ކުރުމަށް މިހާރު ގެނެސްތިބީ ސިފައިންގެ ބައެއް ނޫން ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ވަނީ މައުލޫމާތު ލިބިފައެވެ.
ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން "އިންޑިއާ އައުޓް" ކެންޕެއިންގެ ހިތި ނަތީޖާއަށް ފަހު "ވެލްކަމް އިންޑިއާ" ކެންޕެއިނެއް ފަށާފައިވާކަމަށް އިންޑިއާގެ ގިނަ ނޫސްތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.
މީގެއިތުރުން މިފަދަ ކެންޕޭނެއް ރާއްޖެއިން ފަށާފައިވަނީ، އިންޑިއާގައި ރާއްޖެއާއި ދެކޮޅަށް ކުރިއަށް ދިޔަ " ބޮއިކޮޓް މޯލްޑިވްސް" ގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ބޮޑުތަނުން ދަށަށް ގޮސްފައިވާތީ ކަމަށް ޚަބަރުތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް