ބަލްކް ޓްރާންސްފަރ މެދުވެރިކޮށް މުސާރަ ޕްރޮސެސް ކުރުން ބީއެމްއެލްއިން ވަގުތީ ގޮތުން މެދުކަނޑާލައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވަގުތުން މުސާރަ ޖަމާކުރެވޭ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މިކަން ހާމަކޮށް އެ ބޭންކުން ދެންމެ ބުނެފައިވަނީ ވަގުތުން މުސާރަ ޖަމާކުރެ...

03 Aug 2024 | 16:15

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވަގުތުން މުސާރަ ޖަމާކުރެވޭ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މިކަން ހާމަކޮށް އެ ބޭންކުން ދެންމެ ބުނެފައިވަނީ ވަގުތުން މުސާރަ ޖަމާކުރެވޭ ޚިދުމަތާއި ބަލްކް ޓްރާންސްފަރ ޚިދުމަތާއި އަދި ފަވަރަ މެދުވެރިކޮށް ދެވޭ ބަލްކް ޓްރާންސްފަރ ޚިދުމަތް މިވަގުތަށް މެދުކަނޑާލާފައިވާކަމަށެވެ.

އަދި ކުރިއެކޭ އެއްގޮތަށް ބަލްކް އަދި މުސާރަ ޖަމާކުރުމުގެ ރިކުއެސްޓްތައް [email protected] އަށް އީމެއިލް ކުރުމުން ކުރިއްދާނެކަމުގައިވެސް އެ ބޭންކުން ބުނެފައިވެއެވެ.

ބޭންކުން މިފަދަ ބަދަލެއް ގެނެސްފައިމިވަނީ ޖުލައި މަހު މުސާރަ ދިނުމުގައި ބައެއް ފަރާތްތަކުގެ އެކައުންޓަށް އެ ފަރާތްތަކުގެ އެކައުންޓް ނަމްބަރާއި އެއްވަރު އަދަދެއް ޖަމާކުރެވި މައްސަލަތަކެއް ދިމާވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް