ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު، އިބްރާހިމް ފައިސަލް އިންޑިއާގެ ޑިރެކްޓަރ، ޕްރޮޑިއުސަރ ވިނޯދު ޗޯޕްރާއާއި ބައްދަލުކުރައްވައިފިއެވެ.
ވިނޯދު ޗޯޕްރާއާއި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވެފައިވަނީ ބޮލީވުޑް ފިލްމު ޑިރެކްޓަރ އަދި ޕްރޮޑިއުސަރ މިސްޓަރ ވިދޫ ވިނޯދު ޗޯޕްރާއާއި ބައްދަލުވީތީ އުފާކުރައްވާކަމަށާއި ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދެވިދާނެ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދިޔަ ކަމަށެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު ފައިސަލް މިވަގުތު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އިންޑިއާގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ކުރިއަށްގެންދަވާ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް