އަބްދުއްރަހީމް ރައީސް ޔާމީނަށް: ސަރުކާރާ ދުރަށް ޖެހުނީ ތިމާގެ ބޮޑާކަމާ ކިބުރުވެރިކަމެއްގެ ބޮޑުކަމުން

ރައީސް ޔާމީން ސަރުކާރާ ދުރަށް ޖެހުނީ ތިމާގެ ބޮޑާ ކަމާއި ކިބުރުވެރިކަމެއްގެ ބޮޑު ކަމުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ. "ރައްޔިތުން ހެއްލިދާނެކަމަށް މާމޮޅު...

03 Aug 2024 | 09:36

ރައީސް ޔާމީން ސަރުކާރާ ދުރަށް ޖެހުނީ ތިމާގެ ބޮޑާ ކަމާއި ކިބުރުވެރިކަމެއްގެ ބޮޑު ކަމުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

"ރައްޔިތުން ހެއްލިދާނެކަމަށް މާމޮޅު ވާހަކަ ދައްކަވަން ނޫޅުއްވާ. ސަރުކާރާ ދުރަށް ޖެހުނީ ތިމާގެ ހުރި ބޮޑާ ކަމާ ކިބުރުވެރިކަމުން ތިމާނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މައްޒަރު ބަލަން ލަގޮނޑިއަށް ކެތް ނުވެގެން. ވެރިކަމުގެ އިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުން. މިކަން ވަކީން ބޮޑަށް މިއަދު ރައްޔިތުންނަށް ޔަގީންވަނީ ސިޔާސީގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ތިޔަޖަހާ ހަޑިހުތުރު މުޑުދާރު ސަކަރާތުން." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވީ، ޕީއެންފްގެ ޖަލްސާގައި ރައީސް ޔާމީން ސަރުކާރާ ދުރަށް ޖެހިވަޑައިގަތީ ސަރުކާރުން ހަދާގޯސްތަކުގެ ސަބަބުން އެކަން ސިފާއު ކުރައްވަން ބޭނުންވެ ވަޑައިނުގަންނަވާތީ ކަމަށް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް މާ ގިނަ ދުވަސް ތަކެއް ނުވަނީސް ޕީއެންސީ ލީޑާޝިޕާ ރައީސް ޔާމީން ވަނީ ދުރައްޖެހިވަޑައިގެން އަމިއްލަ ޕާޓީއެއް އުފައްދަވާފައެވެ.

އެގޮތުން ރައީސް ޔާމީން އުފެއްދެވި ޕާޓީ ޕީއެންއެފްގެ ޖަލްސާ ތަކުގައި ރައީސް ޔާމީން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް