ރައީސް ޔާމީން ސަރުކާރާ ފެއަށް ޖެހުނީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިންއަށް ޓޫރިޒަމް މިނިސްޓަރ ކަން ނުދީގެންތޯ ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ސުވާލު އުފައްދަވައިފިއެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވަނީ، ޕީއެންއެފް ޖަލްސާގައި ރައީސް ޔާމީން، ސަރުކާރާ ދުރަށް ޖެހުނީ ހަދާ ގޯސް ތަކުން އެކަން ހަޖަމްކުރައްވަން އުދަނގޫވެވަޑައިގެން އެކަން ދިފާއު ކުރައްވަން ބޭނުންވެ ވަޑައިނުގަންނަވާތީ ކަމަށް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ.
"ކީކޭ؟ ހަދާ ގޯސްތަކުންނޭ؟ ބަލަގަ މަނިކުފާނު ޕާޓީ ދޫކޮށް ވަޑައިގެންނެވީ 23 ނޮވެންބަރ 2023 ވީ ބުރާސްފަތި ދުވަހު. އެއީ ރައީސް ޑރ މުޢިއްޒު ގެ ވެރިކަމަށް 6 ވަނަ ދުވަސް. އެ 6 ދުވަސް ތެރޭ ސަރުކާރުން ހެދީކޮން ގޯހެއް؟ ތިހެން ވިދާޅު ނުވޭ! ޒެއިންއަށް ޓްއަރިޒަމް މިނިސްޓަރ ކަން ނުދީގެންނޫންތަ؟" ޝުޖާއު ވިދާޅުވިއެވެ.
ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ލީޑާޝިޕާ ރައީސް ޔާމީން ދުރުވެ ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.
އެގޮތުން ރައީސް ޔާމީން އުފެއްދެވި ޕާޓީ ޕީއެންއެފްގެ ޖަލްސާ ތަކުގައި ރައީސް ޔާމީން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާދު ކިޔުއްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް