ފުރަތަމަ ހަ މަސް ދުވަހު ތެރޭގައި އިސްރާއީލުން 819 ފަތުރިވެރިން ރާއްޖެ އައިސްފައިވޭ!

ޓޫރިޒަމް މިނިސްޓްރީގެ ޑާޓާ އަދި އެމްއެމްއޭގެ ވިޔަ ޕޯޓަލްގެ ޑޭޓާއަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އިސްރާއީލްގެ 819 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ. މިގޮތުން މިއަހަ...

03 Aug 2024 | 08:50

ޓޫރިޒަމް މިނިސްޓްރީގެ ޑާޓާ އަދި އެމްއެމްއޭގެ ވިޔަ ޕޯޓަލްގެ ޑޭޓާއަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އިސްރާއީލްގެ 819 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.

މިގޮތުން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުތެރޭގައި ޒިޔާރަތް ކޮށްފައިވާ އަދަދަކީ

  • ޖެނުއަރީ މަހު:39 މީހުން
  • ފެބްރުއަރީ މަހު:108 މީހުން
  • މާރޗް މަހު:107 މީހުން
  • އޭޕަރިލް މަހު:274 މީހުން
  • މޭ މަހު:209 މީހުން
  • ޖޫން:82 މީހުން

މިއީ ޖުމްލަ819 މީހުންނެވެ.

ނިމިދިޔަ ޖުލައި މަހުގެ އެއްވެސް ޑޭޓާއެއް އެ ޕޯޓަލްއަކުން އަދި ފެންނާކަށް ނެތެވެ.

އެގޮތުން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމި ކަމަށް ބުނި ފަހުން ވެސް އިސްރާއީލްގެ 82  މީހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމަށް ކެބިނެޓުން ނިންމުމަށް ފަހު އެކަން އިއުލާން ކުރީ ހަތަރު ވަޒީރުންނާއި އެޓާނީ ޖެނެރަލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނިންމުމާ ގުޅިގެން ރައީސް އޮފީހުން އިއުލާން ކުރީ "އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ސަރުކާރުން ނިންމަވައިފި" ކަމަށެވެ. އަދި އެ މަސައްކަތަށް ވަޒީރުންގެ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމަށް ސަރުކާރުން ނިންމީ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމަށް ގޮވާލާފައި ވަނިކޮށެވެ.

ސަރުކާރުން އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށް ނިންމި ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ ގިނަ ރައްޔިތުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް