މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ، ސިފައިންގެ "މަގުމަތީ ހިނގާލުން" މިއަދު ހަވީރު ހުޅުމާލެ ފޭޒް އެކެއްގައި ކުރިއަށްދާނެކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެގޮތުން އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި ހުޅުމާލޭގައި މިއަދު ކުރިއަށްގެންދަން ނިންމާފައިވާ "މިނިވަން ދުވަހުގެ މަގުމަތީ ހިނގާލުން" ފަށާނީ ހަވީރު 04:15ގައެވެ.
މި ހިނގާލުން ހުއްޓާނެ ސަރަހައްދުތައްކަމުގައި ބުނެފައިވަނީ ވަން ސެންޓްރަލް ޕާކު ބިލްޑިންގ ކަންމަތީގައްޔާއި، ހުޅުމާލެ ހޮސްޕިޓަލުގެ މަގު ހުޅަނގުން ސެންޓްރަލް ޕާކު ކައިރީގެ އިތުރުން ސިފްކޯ ހިޔާ އަދި އެސްޓާރސް ހަތަރުއަނގޮޅި ކަންމަތީގައެވެ.
"މިނިވަން ދުވަހުގެ ހިނގާލުން" އިއްޔެ މާލޭގައި ކުރިއަށްގެންދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް