ޝުޖާއު ރައީސް ޔާމީނަށް: ވެރިކަން ގެއްލުނީ ތެދަށްވުރެ ދޮގު ގިނަވީމަކަމަށް މިހާރު ޤަބޫލުކުރެވޭ

ސަރުކާރަށް ފާޑު ކިޔުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށާއި ފާޑު ކިޔުމަށް ހަދަން ޖެހެނީ ދޮގު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ސުޖާއު މިހެން ވިދާޅުވެފައިވަނީ، ޕީއެންއެފް...

03 Aug 2024 | 07:28

ސަރުކާރަށް ފާޑު ކިޔުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށާއި ފާޑު ކިޔުމަށް ހަދަން ޖެހެނީ ދޮގު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސުޖާއު މިހެން ވިދާޅުވެފައިވަނީ، ޕީއެންއެފް ޖަގަހައިގައި ރައީސް ޔާމީން އަދި ޕީއެންއެފްއިން ސަރުކާރާއި ގުޅިގެން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"އަޅުގަނޑުމެން މިކުރަނީ ސިޔާސީ މަސައްކަތޭ ކިޔާ ދައްކަނީ ސިޔާސީ ކުދިން ލައްވާ ރައީސް މުޢިއްޒު އާ ބެހޭގޮތުން ޒާތީ ވާހަކަ، ޤައުމުގެ އިޖުތިމާއީ ފޭރާން ވެދި، އެކަކު އަނެކަކަށް ކުރާ އިޙްތިރާމާ ގަދަރު ނެތިދަނީ ވެރިކަން ކޮށްފަ ތިއްބަވާ ބޭފުޅެއް އެކަމަށް ދަހިވެތިވެފަވާލެއް ބޮޑުކަމުން، ޒާތީ ވާހަކަ ނުދައްކާ ކެރިގެން ސިޔާސަތައް ފާޑުކިޔާކަށްވެސް ނުކެރޭ. ސިޔާސަތައް ފާޑު ކިޔޭކަށް ނެތް، ހަދަން ޖެހެނީ ހުސްދޮގު، ވެރިކަން ގެއްލުނީ ތެދަށްވުރެ ދޮގުހެދޭލެއް ބޮޑުވީމަ ކަމަށް މިހާރު ޤަބޫލު ކުރެވޭ." ސުޖާއު ވިދާޅުވެފައިވެއެވެ.

ޕީއެންއެފް ޖަގަހައިގައި މަލީހް ރައީސްގެ ސިފަ ފުޅަށް ފާޑު ކިޔުމުން ގިނަ ބަޔަކު ދަނީ އެކަމާ ގުޅިގެން މަލީހުއަށް ފާޑުކިޔަމުންނެވެ.

ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރާ ގުޅޭގޮތުން ދަނީ އެކި އެކި ވާހަކަތައް ދައްކަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް