ސައިކަލެއް ކޮންޓްރޯލުނުވެގޮސް ވެލި ފުންޏަކަށް - އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެއަށް

އައްޑޫ ސިޓީ ހިތަދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ވެލިފުންޏަކަށް އަރައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ. ...

03 Aug 2024 | 07:09

އައްޑޫ ސިޓީ ހިތަދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ވެލިފުންޏަކަށް އަރައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.

ރޭ 23:49 ގައި ހިނގި އެ ހާދިސާގައި އަނިޔާވެފައި ވަނީ 23 އަހަރުގެ ދިވެހި ފިރެހެނަކަށެވެ.

އޭނާއަށް މިހާރު ފަރުވާ ދެމުން ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެނުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ.

މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް