އަޅުގަނޑުގެ ސިޔާސީ ކުރިމަގަށް އަލީ ވަރަށް މުހިއްމު: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް އަލީ ވަހީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ. އަލީ އަށް ތައުރީފުކުރައްވައި ގާސިމް ވިދާޅުވީ ޖޭޕީގެ ކުރީގެ ރައީސް އަދި ކުރީގެ  ފަތުރުވެރިކަމާބެހ...

03 Aug 2023 | 17:49

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް އަލީ ވަހީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

އަލީ އަށް ތައުރީފުކުރައްވައި ގާސިމް ވިދާޅުވީ ޖޭޕީގެ ކުރީގެ ރައީސް އަދި ކުރީގެ  ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދު، އެމަނިކުފާނުގެ އިސް ސިޔާސީ މުޝީރު ކަމާއި އެކު، އެމަނިކުފާނުގެ ކެންޕޭން އެޖެންޓްކަން ޤަބޫލު ކޮށް ސިޔާސީ މަސައްކަތަށް އެނބުރި ވަޑައިގެންނެވިކަމީ އެމަނިކުފާޏު ނުހަނު އުފާކުރައްވާ ކަމެއް ކަމަށެވެ.

"ޕާޓީއާއި، އަދި އަޅުގަނޑުގެ  ސިޔާސީ ކުރިމަގަށް ޢަލީ ވަހީދަކީ ނުހަނު މުހިންމު ދައުރެއް އަދާކުރެއްވޭނޭ ނުހަނު ޤާބިލު ބޭފުޅެއް ކަމާ މެދު ޝައްކެތް ނެތް" ގާސިމް ވިދާޅުވެފައިވެއެވެ.

https://twitter.com/qasimibrahim/status/1687150942947622913

ގާސިމްގެ އިސް ސިޔާސީ މުޝީރު ކަމާއި ކެމްޕޭނު އޭޖެންޓްގެ މަސައްކަތް އަލީ މި ފެއްޓެވީ ސިޔާސީ ހަރަކާތްތަކާއި ދުރުގައި ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު ހުންނެވުމަށް ފަހުގައެވެ.

https://twitter.com/ali20waheed/status/1687013891086397440

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް