ފަސް ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރަން ހަވާލު ކޮށްފި

ފަސް ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމު ކުރުމަށް ޔޫތު މިނިސްޓްރީއިން އެކި ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފިއެވެ. ޔޫތް މިނިސްޓްރީ އިން ބުނިގޮތުގައި ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ފުޓްބޯޅަ ދަނޑުގ...

03 Aug 2023 | 16:38

ފަސް ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމު ކުރުމަށް ޔޫތު މިނިސްޓްރީއިން އެކި ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފިއެވެ.

ޔޫތް މިނިސްޓްރީ އިން ބުނިގޮތުގައި ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ފުޓްބޯޅަ ދަނޑުގެ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އޯޓެކްސް ޕްރައިވެޓް ލިމިޓެޑްއާ 4،974،765.71 ރުފިޔާގެ އަގެއްގައި، 90 ދުވަހުގެ މުއްދަތަކާއިއެކުއެވެ.

މި އެއްބަސްވުމުގައި އޯޓެކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙުމަދު ޔާފިއު ހަސަން އެވެ.

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ފުޓްބޯޅަ ދަނޑުގެ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީވެސް އޯޓެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެއީ 4،951،173.65 ރުފިޔާގެ އަގެއްގައި 90 ދުވަހުގެ މުއްދަތަކާއިއެކުއެވެ.

މީގެ އިތުރަށް، ޔޫތް މިނިސްޓްރީ އިން ބުނީ މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ފުޓްބޯޅަ ދަނޑުގެ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުން  4،887،970.92 އަގާއިއެކު 90 ދުވަހުގެ މުއްދަތަކާއި އެކުގައި އޯޓެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުން ގްރީންލައިން މޯލްޑިވްސް އާ ހަވާލުކުރީ  1،224،143.06 ރުފިޔާގެ އަގުގައި އަދި 45 ދުވަހުގެ މުއްދަތަކާއި އެކު ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.

މި މަސައްކަތް ހަވާލު ކުރި ގްރީންލައިން މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިރެކްޓަރ އަބްދުﷲ ޞާލިޙް އެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމުގެ ކޮންޓްރެކްޓަރަކީ ބޮޑުތިލަ އިންވެސްޓްމަންޓްއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ  1،152.433.20 ރުފިޔާ އެކު 44 ދުވަހުގެ މުއްދަތާކާއި އެކު ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.

ބޮޑުތިލަ އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް މެނޭޖަރ އާމިނަތު ޝަކީލާއެވެ.

މި އެއްބަސްވުންތަކުގައި ޔޫތް މިނިސްޓްރީ އިން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ފުޢާދު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް