ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ އިންތިހާބީ މެނޭޖަރަކަށް ކުރީގެ ޕްލޭނިންގް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ނިއުމާ ހަމަޖައްސައިފިއެވެ.
ނިއުމާ ޕްލޭނިންގް މިނިސްޓްރީން އިސްތިއުފާ ދެއްވައި، ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންނެވީ އިއްޔެއެވެ.
ރިޔާސީ ކެމްޕޭނަށް އިލްޔާސް ލަބީބު ކުރައްވާ ދަތުރުފުޅުގައި ތ. ގުރައިދޫގައި ހުންނަވައި އިލްޔާސް ވިދާޅުވީ އިންތިހާބީ އޭޖެންޓެއްގެ ގޮތުގައި ނިއުމާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޥާދަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ކެމްޕޭންތައް ކުރުމުގައި އެކި ޕާޓީތަކުން ދަނީ ފޯރިއާއެކު ހަރަކާތްތެރި ވަމުންނެވެ.
އިންތިހާބުގައި ވާދަ ކުރަނީ ޑިމޮކްރެޓްސްގެ އިތުރުން ޖޭޕީއާއި އެމްއެންޕީއެވެ.
އެމްއާރްއެމްގެ ފަރާތުން ފާރިސް މައުމޫނު ނެރުމަށް މަސައްކަތް ކުރަމުންދާއިރު، އެކަން ކާމިޔާބު ނުވެއްޖެ ނަމަ ފާރިސް ނުކުންނާނީ އަމިއްލަ ގޮތުންނެވެ.
އޭގެ އިތުރުން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީނަށް ވާދަ ނުކުރެވިއްޖެ ނަމަ ބަދަލުގައި އިންތިހާބުގައުި ވާދަ ކުރައްވާނީ ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް