ސުޕާރީ ޕެކެޓް އެތެރެ ކުރެވޭ މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ 13 ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ...

03 Aug 2023 | 16:13

ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ 13 ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ކުރިން ކަނޑައަޅައިފައިވާ ގޮތް މުރާޖަޢާކޮށް ރައީސް ޤަރާރަކުން ކަނޑައަޅުއްވައިފައެވެ.

މި ޤަރާރުގައި މައިގަނޑު ދެ އައިޓަމަކަށް ވަނީ އިޞްލާޙު ގެނެވިފައެވެ.

ޕްލާސްޓިކް ޕެކެޓް ނޫން އެހެން ޕްލާސްޓިކުގައި ބަންދުކޮށްފައިވާ ސުޕާރީ ދިވެހިރާއްޖެއަށް އެތެރެކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، މި ބާވަތްތައް ހިމެނުމަށްޓަކައި، ޕްލާސްޓިކް ފެކެޓު ފިޔަވައި އެހެނިހެން ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ، އަންނަަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާވާނެ ކަމުގައި އެންވިރަމެންޓަލް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރަށް، މިދިޔަ އަހަރު ޑިސެމްބަރ 1 އިން ފެށިގެން 50 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކު ކޮތަޅު ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި ވީނަމަވެސް، މި ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރާ މަރުޙަލާގައި ސާމްޕަލްގެ ގޮތުގައި ނަގައިފައިވާ ބައެއް ކޮތަޅާއި އެހެނިހެން ގޮތްގޮތުން ނަގައިފައިވާ ސާމްޕަލްތައް ޓެސްޓުކުރުމުން، ގާތްގަނޑަކަށް ހުރިހާ ކޮތަޅެއްގެ ވެސް ބޯމިން 50 މައިކްރޯން އަށްވުރެ ތުނިކަމަށް ރެކޯޑްކުރެވިފައިވާ ކަމަށް އެންވިރަމެންޓް މިނިސްޓްރީ އިން ބުނެއެވެ.

އެގޮތުން ދިވެހިރާއްޖެއަށް ކޮތަޅު އެތެރެކުރާ ފަރާތްތަކުން މިކަންކަމަށް ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމާއި މިކަމަށް ހޭލުންތެރި ކުރުވުމަށްޓަކައި، 50 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކު ކޮތަޅު ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުން މަނާވާނެ ތާރީޚަކީ އަންނަ އަހަރު ޖެނުވަރީ 1 ކަމަށް ހަމަޖައްސައި، އެ ތަކެތި ދިވެހިރާއްޖޭގައި ބޭނުންކުރުން މަނާވާނެ ކަމުގައި ހަމަޖައްސަވައިފައި ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް