މުއިއްޒުގެ ފުރަތަމަ ވައުދަކީ ރައީސް ޔާމީން މިނިވަން ކުރުން

ވެރިކަން ލިބިއްޖެނަމަ ފުރަތަ ދުވަހުވެސް ކުރާނެ ކަމަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްފުﷲ ޔާމީން އަބްދުލްޤައްޔޫމު މިނިވަން ކުރުން ކަމުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެނ...

03 Aug 2023 | 16:09

ވެރިކަން ލިބިއްޖެނަމަ ފުރަތަ ދުވަހުވެސް ކުރާނެ ކަމަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްފުﷲ ޔާމީން އަބްދުލްޤައްޔޫމު މިނިވަން ކުރުން ކަމުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެނޑިޑޭޓް އަދި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވުމަށްފަހު ނޫސްވެރިންާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު ވިދާޅުޕީ ޕީޕީއެމް އަދި ޕީއެންސީއަކީ ޔާމީންގެ ދެ ޕާޓީ ކަމަށާއި، ޕީއެންސީގެ ފަރާތުން ވެރިކަމަށް ކުރިމަތިލަނީ ޔާމީނަށް ކުރިމަތި ނުލެވިއްޖެ ހާލަތެއް އަތުވެއްޖެ ނަމަ 'ބެކަޕް ޕްލޭނެއް'ގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން އުންމީދަކީ ކެނޑިޑެންސީ ފޯމު ހުށަހެޅުމަށް ހުއްޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ޔާމިން މިނިވަންވުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް އެފަދައިން ކަންތައް ނުވެއްޖެނަމަ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ އެންމެ ފުރަތަމަ ދުވަހުވެސް ކުރާނެ ކަމަކީ، ގާނޫނީ ހަމަތަކުގެ މަތިން ޔާމީން މިނިވަން ކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޕީއެންސީގެގެ ޓިކެޓު ޑރ މުއިއްޒު ކާމިޔާބު ކުރެއްވީ އާދަމް ޝަރީފް އުމަރާއި ވާދަކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް