އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ”ނޫސަންދަ އައްޑޫ” ގެ ނަމުގައި ކުލިނިކެއް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.
އެކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިޔާތެއްގައި، ނޫސަންދަ ކުލިނިކު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
މިހާރު މި ކުލިނިކުން ޚިދުމަތްދޭން ފަށާފައި ވާއިރު ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށާއި ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް ޚިދުމަތް ދެމުންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި އެމަޖެންސީ ހާލަތްތަކުގައި ފުލުހުންނަށް ލިބޭ އަނިޔާތަކަށްވެސް މި ކުލިނިކުން ފަރުވާދޭނެ ކަމަށްވެސް ބުނެއެވެ.
ފުހުލުން ބުނާގޮތިގައި މި ކުލިނިކުގައި އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި އެކިއެކި ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ ޚިދުމަތް ކުރިއަށް އޮތް ދުވަސްތަކުގައިދެމުންގެންދާނެ އެވެ. އަދި ބޭސް ފިހާރައިގެ ޚިދުމަތާއި އެކްސްރޭ އަދި ސްކޭންކުރުމުގެ ހިދުމަތްތައްވެސް ދެމުންގެންދާނެ ކަމަށް ފުހުލުން ބުނެއެވެ.
ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް މިހާރު ޚިދުމަތްދެމުންދިޔަ ނަމަވެސް ކައިރި މުސްތަގުބަލެއްގައި އާންމު ރައްޔިތުންނަށްވެސް މި ކުލިނިކުން ޚިދުމަތްދިނުމަށްހަމަޖެހިފައިވާކަން ފުހުލުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް