މާފަރު ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ނ. މާފަރު ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގ...

03 Aug 2023 | 14:09

ނ. މާފަރު ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.

މާފަރު ރައްޔިތުންނަށް އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ މީގެ ފަސް އަހަރު ކުރިން ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

ހަމައެހެންމެ، އެ ރަށް އުފެދިފައި އޮތްގޮތުން ރަށުގެ ދެބައިކުޅަ އެއްބައި އެއަރޕޯޓްގެ އިހްތިޞާސްތެރޭގައި އޮތުމާއެކު، ރަށުގެ މުސްތަޤުބަލަށާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށްޓަކައި ރަށަށް ބިން އިތުރުވުމަކީ މުޙިންމު ކަމެއްގެގޮތުގައި ރަށު ރައްޔިތުން ދެކޭކަމަށް އެމްޓީސީސީ އިން ހާމަކޮށްފައިވެއެވެ.

އެގޮތުން، މިއަދު ސޮއިކުރެވުނު މާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، މާފަރުގެ މުސްތަޤުބަލު އިތުރަށް އުޖާލާކޮށް ދިރުވުމަށްޓަކައި ރަށު ރައްޔިތުންނަށް ފަހި ފުރުޞަތުތަކެއް މުސްތަޤުބަލުގައި ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އެމްޓީސީސީ އިން ބުނާގޮތުގައި މި މަޝްރޫޢުގެ ދަށުން، ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއި، 20.40 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 84.68 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫޢުއެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް