ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ޓިކެޓުގައި ވާދަ ކުރައްވާ އެ ޕާޓީގެ ރައީސް ފާރިސް މައުމޫންގެ އިންތިހާބީ އޭޖެންޓަކަށް އެ ޕާޓީގެ އެކްސްކޯ މެމްބަރު އިސްމާއީލް ޒަބީހު ހަމަޖައްސައިފިއެވެ.
ޒަބީހު އަކީ އެމްއާރްއެމްގެ ސްލޮޓެއްގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނަވަނިކޮށް، މިިދޔަ މަހު އެ މަގާމުން ވަކިކޮށްފައިވާ ބޭފުޅެކެވެ.
އެމްއާރްއެމްގެ ނަމުގައި ރިޔާސީ އިންތިހާބަށް ނުނިކުމެވޭ ހާލަތެއް އަތުވެއްޖެ ނަމަ، އަމިއްލަ ގޮތުން ވާދަ ކުރައްވަން ފާރިސް ތާއީދު ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ހުށަހަޅަން ބޭނުންވާ އަދަދު ކަމުގައިވާ 1500 ސޮއި މިހާރު ވަނީ ހަމަވެފައެވެ.
https://twitter.com/afarismaumoon/status/1687073265850920961
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް