މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިއްޖެ

އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. އެމްޓީސީސީ އިން ބުނާގޮތިގައި ޖެޓީ ހެދުމާއި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް...

03 Aug 2023 | 13:44

އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނާގޮތިގައި ޖެޓީ ހެދުމާއި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، 20,049 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1,969 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމުގެއިތުރަށް، 2,317 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރީގެ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރަށް، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 400 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، އަދި 170 މީޓަރުގެ ސަރަޙައްދެއްގައިރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރަށް، ރޭމްޕެއް ހެދުމާއި ޖެޓީއެއް ހެދުމާއި، 2240 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރޕޭވްމަންޓް ހެދުމާއި، އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ 63.25 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މި މަސައްކަތް 2020 ނުވެމްބަރ 10 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންސްފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާހަވާލުކުރެވިގެންދިޔައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް