ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އޭޖެންޓަކަށް އަލީ ވަހީދު ހަމަޖައްސައިފިއެވެ.
އިންތިހާބީ އޭޖެންޓްކަން އަލީ ވަހީދަށް އަރުވާފައިވަނީ މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިންތިހާބީ އޭޖެންޓަކަށް އަލީ ވަހީދު ހަމަޖައްސާފައިވާއިރު ގާސިމްގެ ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައިވެސް އަލީ ވަހީދު އިއްޔެ ހަމަޖައްސާފައިވެއެވެ.
މިހާރު ކުރިއަށްމިދާ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރެއްވި އަލީ ވަހީދު ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ ތެރޭގައެވެ.
https://twitter.com/ali20waheed/status/1687013891086397440
މިކަމާއި ގުޅޭގޮތުން އަލީ ވަހީދު ވިދާޅުވެފައިވަނީ ގާސިމްގެ އިންތިހާބީ އޭޖެންޓްކަމާ ހަވާލުވީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކެގެން ކަމަށެވެ.
ރިޔާސީ އިންތިހާބަށް ގާސިމް އިންތިހާބީ އެޖެންޓެއް ހަމަޖައްސާފައިވީނަމަވެސް އަދި ރިޔާސީ އިންތިހާބަށް ކެނޑިޑަސީ ހުށަހަޅުއްވާފައެއް ނުވެއެވެ. އެހެން ނަމަވެސް އެކަމަށް ބޭނުންވާ ކަންކަން މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވާކަން ހާމަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް