ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕީއެންސީއިން ކުރި އިއުލާނެއްގައި ބުނީ، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެނޑިޑޭޓަކު ނެރުމަށް ޕާޓީގެ ކޮންގްރެސްގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ އަޣްލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން ޕާޓީގެ ފަރާތުން އެކަމަށް ޝައުގުވެރިވާ ޕާޓީގެ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލާފައި ވާކަމަސް ޕީއެންސީގެ އިއުލާނުގައިވެއެވެ.
ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާރްތަކުން މިއަދު މެންދުރުފަހު2:00ގެ ކުރިން ސިޓީއަކުން ހުށަހެޅުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
އެ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައަލާން ހަމަޖެހިފައި ވަނީ މިއަދު ހަވީރު ޞާއްވާ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް