މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއި ކުރައްވައިފިއެވެ.
މުއިއްޒު ޕީއެންސީއަށް ސޮއި ކުރައްވާ، އެ ފޯމު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އަރުވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަ ކުރުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިއަދު ނިންމާފައިވެއެވެ. އަދި އެއަށްފަހު ޕްރައިމަރީއަށްވެސް ހުޅުވާލާފައިވެއެވެ.
އަޑު ފެތުރިފައިވާގޮތުގައި ޕްރައިމަރީގައި މުއިއްޒުއާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވާދަކުރައްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް