ޕީޕިއެމްއިން ލަސްނުކޮށް ކެނޑިޑޭޓަކު ނެރެ، ކެމްޕޭން ފެށުމަށް ރައީސް އެދިވަޑައިގެންފި

އިދިކޮޅު ޕީޕިއެމްއިން ލަސްނުކޮށް ކެނޑިޑޭޓަކު ނެރެ، ކެމްޕޭން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ. ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ކުރައްވާ ކެމްޕޭނުގައި ހދ ...

03 Aug 2023 | 05:44

އިދިކޮޅު ޕީޕިއެމްއިން ލަސްނުކޮށް ކެނޑިޑޭޓަކު ނެރެ، ކެމްޕޭން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ކުރައްވާ ކެމްޕޭނުގައި ހދ އަދި ށ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ވަރަށް އަވަހަށް އެމަނިކުފާނުގެ ކެނޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށާއި އަދި މީން ދުވަހަކު އެމަނިކުފާނުގެ ރަނިންމޭޓަކު ކަނޑައަޅުއްވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އިންތިހާބުގައި ވާދަކުރަން ބޭނުންވާ، ޝަރުތު ހަމަވާ އެންމެންނަށް ވާދަ ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަށް އެދިލައްވާ ކަމަށެވެ.

"އަޅުގަނޑަކަށް މިވަގުތަކު ނުފެނޭ ޕީޕީއެމްއިން އަކީ އިންތިހާބު ކާމިޔާބު ކުރުމަށް އޮތް ޗެލެންޖެއް ކަމަކަށެއް. އެއައްވުރެ ރައްޔިތުން މި ސަރުކާރު ބަލައިގަނެފަ އޮތް މިންވަރު ހދ އާއި ށ އަތޮޅުންވެސް ފެންނަ ކަމަށް ފާހަގަވޭ" ރައީސް ވިދާޅުވިއެވެ.

އަދި ޕީޕީއެމްއިން ލަސްނުކުރައްވާ ކެނޑިޑޭޓަކާއެކު ނުކުމެވަޑައިގެން، ކެމްޕޭން ފެއްޓެވުން ރައީސް އެދިވަޑައިގެންނެވިއެވެ.

މިހާތަނަށް ކެމްޕޭނަށް ދިޔަ ރަށްތަކުން ފެނުނީ ބޮޑު ތާއީދެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެހެން ޕާޓީތަކުގެ ކެމްޕޭން ހަރަކާތްތައް މަދު ކަމަށާއި އަދި މަދު ރަށެއްގއިަ ނެގެޓިވް ކެމްޕޭން ކުރި ނަމަވެސް ޖުމުލަކޮށް ގިނަ ރައްޔިތުން މި ސަރުކާރަށް ތާއީދު ކުރައްވާ ކަމަށެވެ.

އިންތިހާބު ކާމިޔާބު ކުރެވޭނީ ކޮންމެ ބަޔަކުވެސް ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކެއްގެ ވާހަކަ ދައްކައި، ރައްޔިތުންނާ ކައިރިއަށް ގޮސް ވައުދުތަކެއް ވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް މީން ކަމެއް އެހެން ބަޔަކު ކުރާތަން ފެނިވަޑައި ނުގަންނަވާ ކަމަށާއި އެއްވެސް ޕާޓީއަކުން ޗެލެންޖެއް އޮތް ކަމަކަށް ފެނިވަޑާއި ނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް