ކުޅުދުއްފުށީ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް

ކުޅުދުއްފުށި ސިޓީ ގަރާޖެއްގައި އޮތް ކާރެއްގެ ބޮނެޓްގައި ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ. މި ހާދިސާގެ މަޢުލޫމާތު އިއްޔެ ހަވީރު 17:31...

03 Aug 2023 | 04:57

ކުޅުދުއްފުށި ސިޓީ ގަރާޖެއްގައި އޮތް ކާރެއްގެ ބޮނެޓްގައި ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އިއްޔެ ހަވީރު 17:31 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނު ކަމަށް އެމްއެންޑީއެފް  އިން ބުނެފައިވެއެވެ.

އަދި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ވަނީ އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައި ކަމަށް ވެސް އެމްއެންޑީއެފް އިން ހާމަކުރެއެވެ.

އެގޮތުން، އެ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން، ކާރުގެ ބޮނެޓްގައި ރޯވެފައިހުރި އަލިފާން ނިއްވާލާފައިވަނީ އިއްޔެ 17:45 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް