ދިރާގުން ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ޒެޑް ފްލިޕް5 ޕްރީ-އޯޑަރަށް ހުޅުވާލައިފި

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ސްމާރޓްފޯން، ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ގެލެކްސީ ޒެޑް ފްލިޕް5 މޮބައިލް ފޯނުތައް ޕްރީ-އޯޑަރަށް ހުޅުވާލައިފިއެވެ. އެގޮތުން މި ފޯނުތަށް ޕްރީ-އޯޑަރު ކުރާ ކަސ...

02 Aug 2023 | 19:03

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ސްމާރޓްފޯން، ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ގެލެކްސީ ޒެޑް ފްލިޕް5 މޮބައިލް ފޯނުތައް ޕްރީ-އޯޑަރަށް ހުޅުވާލައިފިއެވެ.

އެގޮތުން މި ފޯނުތަށް ޕްރީ-އޯޑަރު ކުރާ ކަސްޓަމަރުންނަށް ކޮންމެ ފޯނާކާއެކު ހިލޭ ގެލެކްސީ ވޮޗް6 ކްލަސިކްއެއް ލިބޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ. އަދި އެ ކުންފުނިން ގަންނަ ކޮންމެ ފޯނަކާއެކު ކަސްޓަމަރުންނަށް 6 މަސް ދުވަހުގެ ނިޔަލަށް ކޮންމެ މަހަކު 10ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭ ޚާއްސަ އޮފަރއެއްވެސް އެކުންފުނިން ވަނީ ހުޅުވާލާފައެވެ.

ސެމްސަންގުން ނެރޭ މި އެންމެ ފަހުގެ ދެ މޮޑެލްއަކީ ދިރާގު 5ޖީ ނެޓްވޯކަށް ސަޕޯޓްކުރާ އަދި އީ-ސިމް ވެސް ބޭނުންކުރެވޭ ދެ ފޯނެއް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އަދި ތަފާތު ފޯލްޑަބަލް ޑިޒައިނަކާއެކު، މި ފޯނުތަކުން ސްމާރޓްފޯނާއި ޓެބްލެޓް މޯޑާ ދެމެދު ފަސޭހަކަމާއެކު ބަދަލުކޮށްލެވޭ، އެންމެ ފަހުގެ ޒަމާނީ ޕްރޮސެސަރާއި ބޮޑު ރޭމްއާއެކު ގޭމިންގ، ސްޓްރީމިންގ އަދި މަލްޓި-ޓާސްކިންގ އެންމެ ފުރިހަމައަށް ކޮށްލެވޭނެ ކަމަށްވެސް ދިރާގުން ވަނީ ފާހަގަ ކޮށްފައެވެ.

މިހާރު ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ޒެޑް ފްލިޕް5 ޕްރީ-އޯޑަރު ކޮށްލެވޭނެކަމަށް ދިރާގުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް