ފިއްލަދޫގެ ފެނާއި ނަރުދަމާގެ ނިމުން ފާހަގަކޮށް، ޞިއްޙީ މަރުކަޒަށް އިތުރުކުރިބައި ރައީސް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހއ. ފިއްލަދުއަށް ވަޑައިގެން އެރަށުގައި ފެނާއި ނަރުދަމާނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި, އެރަށު ޞިއްޙީ މަރުކަޒަށް އަލަށް އިތު...

02 Aug 2023 | 19:00

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހއ. ފިއްލަދުއަށް ވަޑައިގެން އެރަށުގައި ފެނާއި ނަރުދަމާނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި, އެރަށު ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރިބައި އަދި ހއ. ބާރަށު ފުޓްސަލް ދަނޑު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

ފިއްލަދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ސާސް.އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.  އަދި އެރަށު ޞިއްޙީ މަރުކަޒަށް އިތުރުކުރި ޢިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ޢިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި، އިދާރީ އޮފީސް، ގަރާޖު އަދި ލޯންޑްރީ ހިމެނޭކަމަށްވެސް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ރައީސް މިއަދު ހުޅުއްވައި ދެއްވި ބާރަށު ފުޓްސަލް ދަނޑަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދަނޑެއްކަމަށް ރައީސް އޮފީހުން ފާހަގަ ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް