އިނގިރޭސިވިލާތުގައި ރައީސް ނަޝީދުގެ ފޯނު ފޭރިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފޯނު، އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގެ ތެރެއިން ފޭރިގެންފައިވާކަމަށް ރައީސް ނަޝީދުގެ އާއިލާއިން ބުނެފިއެވެ. މިކަން ރައްޔިތުންގެ މަޖިލީހުގެ ...

03 Aug 2022 | 14:54

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފޯނު، އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގެ ތެރެއިން ފޭރިގެންފައިވާކަމަށް ރައީސް ނަޝީދުގެ އާއިލާއިން ބުނެފިއެވެ.

މިކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަޓްސްއެޕް ގްރޫޕްގައި ހިއްސާކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

އީވާ އެ ގްރޫޕަށް ފޯވާޑުކުރި މެސެޖެއްގައި ބުނެފައިވަނީ މެންދުރުގެ ފަރީއްކޮޅަށް ރައީސް ނަޝީދު އިންސާފުކުރައްވަން އިންނަވަނިކޮށް މީހަކު ނަޝިދުގެ ފޯނު ޖަހައިގަނެގެން ފިލީީއެވެ.

މިކަން ރައްޔިތުންގެ މަޖިލީހުންވެސް މިހާރު މީޑިއާތަަކަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން މަޖިލީހުގެ މީޑިއާ ޑިޕާޓްމެންޓުން ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ ފޯނު މިއަދުގެ ވަގުތެއްގައި ވަގަށް ނަގާފައިވާކަމަށެވެ.

ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފައިވާކަމަށް ބުނެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެންކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިފައިވާކަމުގައި ރައީސް ނަޝީދު މީގެ ކުރިން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް