ކޮމިއުނިޓީ ފަންޑުން ދެ ވަނަ ކުއާޓާގައި އެހީ ލިބޭ ފަރާތްތައް ބީއެމްއެލްއިން އިއުލާނުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުން ދެ ވަނަ ކުއާޓާގައި އެހީ ދިނުމަށް ނިންމާފައިވާ ފަރާތްތައް އާންމުކޮށްފި އެވެ. މި ފަހަރުވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް އަކަށް އެހީދޭން ވަނީ ނި...

03 Aug 2022 | 10:42

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުން ދެ ވަނަ ކުއާޓާގައި އެހީ ދިނުމަށް ނިންމާފައިވާ ފަރާތްތައް އާންމުކޮށްފި އެވެ.

މި ފަހަރުވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް އަކަށް އެހީދޭން ވަނީ ނިންމާފަ އެވެ. ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ރާވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ދޭ ފަންޑެކެވެ.

މިފަހަރު އެހީ ދޭން ނިންމާފައިވާ ފަރާތްތަކަކީ:

• އއ. ހިމަންދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރަން - ކްލަބް ނިއު ފްރެންޑްސްއަށް

• އއ. ބޮޑުފޮޅުދޫ ސްކޫލުގައި އާރްއޯ މެޝިން، ފެން ޑިސްޕެންސަރު ބެހެއްޓުމަށް - ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަންއަށް

• ހދ. ނޭކުރެންދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރަން - ނޭކުރެންދޫ ޑިވެލޮޕްމަންޓަށް

• އދ. ފެންފުށީގައި ޕްރީ ސްކޫލު ޕާކު ތަރައްގީ ކުރަން - ފެންފުށި ޒުވާނުންގެ ދިރުން

• ދ. ހުޅުދެލީގައި މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރަން - ހުޅުދެލީ އައިލެންޑް ސޯޝަލް އެންޑް ސްޕޯޓްސް އެސޯސިއޭޝަން

މި ޕްރޮޖެކްޓުތައް ހިންގަން ބީއެމްއެލްއިން 50،000 ރުފިޔާގެ އެހީ ކޮންމެ ފަރާތަކަށް ދެ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 70 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ދީފައިވާއިރު، މިއަހަރު އަދި އިތުރު 10 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް