ބޮލީވުޑްގެ ބަތަލް ޝާހްރުކް ހާންގެ ދަރިފުޅު ސުހާނާ ހާންގެ ހަންގަނޑު ކުއްލިއަކަށް މާ ބޮޑަށް ދޮން ވުމުން އުފައްދާ ސުވާލުތައް އިތުރުވާން ފަށައިފި އެވެ.
ސުހާނާ މިހާތަނަށް ފެނުނީ ބޮލީވުޑްގެ ދެ ފިލްމަކުންނެވެ. އެއީ ކުރު ފިލްމެއް ކަމަށްވާ "ދަ ގްރޭ ޕާޓް އޮފް ބްލޫ" އާއި މިއަހަރު ރިލީޒް ކުރި ފިލްމު "އާޗީސް" އެވެ.
ފިލްމް "އާޗީސް" ގެ ވާހަކަ ފެށުނު ހިސާބުން ސުހާނާ އާންމުންގެ ތެރެއިން ފެނުން ވަނީ އިތުރުވެފަ އެވެ. މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި ހަރަކާތްތެރި އަދި އެކުވެރިންނާއި އެކު ގިނަ ވަގުތު ހޭދަ ކުރާ ސުހާނާ މިހާރު އާންމުންގެ ތެރެއިން ފެންނަލެއް ވަނީ ވަރަށް އިތުރުވެފަ އެވެ.
އެއާއެކު މިހާރު ދައްކަނީ ސުހާނާގެ ހަންގަނޑު ވަރަށް ދޮންވެފައިވާ ވާހަކަ އެވެ. އެންމެ ފަހުން ރޭ ކެއުމަކަށް ދިޔަ އިރު ސުހާނާ ކުރިއަށްވުރެވެސް ދޮންހެން ހީވާ ކަމަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރާ މީހުން ބުނެފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރޭ ސުހާނާ ކެއުމަށް ދިޔައީ އަމީތާބް ބައްޗަންގެ ދަރިފުޅު ޝްވެތާ ނަންދާ އާއި އޭނާގެ ދަރިފުޅު އަގަސްޓްޔާ ނަންދާ އާއި އެކު އެވެ. ސުހާނާ ރޭ ލައިގެން ހުރީ ބަނޑު ފެންނަ ވަރުގެ ޓީޝާޓަކާއި ދޫ ޖިންސެކެވެ.
https://www.instagram.com/p/CgyLHLTgFlO/
ފާޑުކީ މީހުން ބުނީ ސުހާނާ މިހާރު ވައްތަރުވާން އުޅެނީ ކެއިލީ ޖެނާ އާއި ކަމަށެވެ. އަދި މިހާރު އެހާ ދޮންވެފައި ހުރުމުގެ ސިއްރު ބުނެދޭން މީހުން އެދިފަވެ އެވެ.
ސުހާނާގެ ކުރީގެ ފޮޓޯތަކާއި އޭނާ ގާތުން ދުށް މީހުން ބުނާގޮތުގައި ސުހާނާގެ ހަންގަނޑު ކުރިން އެހާ އައްޔެއް ނޫނެވެ. އަދި މިހާރު އޭނާ އެއުޅެނީ ހަންގަނޑަށް ވަރުގަދަ ޓްރީޓްމެންޓުތަކެއް ދީގެން ކަމަށްވެސް ބައެއް މީހުން ތުހުމަތު ކުރެ އެވެ.
ސުހާނާ މާ ދޮންވުމުން ކުރާ ސުވާލުތައް އިތުރުވެފައިވާއިރު އޭނާ ފޮޓޯ ނުވަތަ ވީޑިއޯ ނަގާލަން ޕަޕަރާޒީން ކުރިމަތީ ހުއްޓި ނުލާ މައްސަލައިގަވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް