ދެކުނުގެ ހަތަރު އަތޮޅަކަށް ރީނދޫ އެލާތު ނެރެފި އެވެ.
އެލާޓު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދަށެވެ. އެލާޓުގެ ވަގުތަކީ މެންދުރު2:00 ން ހަވީރު4:30 އެވެ.
މީގެ ކުރިން ހަވީރު4:30 އާއި ހަމައަށް އެ ސަރަހައްދަށް ނެރެފައި އޮތީ ހުދު އެލާޓެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މޫސުން ގޯހެވެ. އެގޮތުން އުތުރާއި މެދު ރާއްޖެ ތެރޭގެ އާންމު ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް