އުމްރާއަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން އުމްރާއަށް މީހުން ގެންދަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޝައުގުވެރިވާ ފަރާތްތ...

03 Aug 2022 | 07:52

ރާއްޖެއިން އުމްރާއަށް މީހުން ގެންދަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ16 ވަނަ ދުވަހަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޕްރޮޕޯސަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބެނޭ އިންތިޒާމް ހަމަޖައްސާފައިވެ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އުމްރާއަށް މީހުން ގެންދިއުމަށް އެދޭ ކުންފުނިތަކަކީ މިއަހަރުގެ ފެބްރުއަރީ 9ގައި ގެޒެޓްކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ގުޅޭ އުސޫލު" ގެ ފަސް ވަނަ މާއްދާގައިވާ ޝަރުތުތައް ހަމަވާ ކުންފުނިތަކަކަށް ވާންޖެހެ އެވެ.

މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ބަލައިގަންނާނީ އޮގަސްޓް ނުވަ ވަނަ ދުވަހުން ފެށިގެން 16 ގެ ނިޔަލަށް 9:00 އިން މެންދުރު 1:30 އާ ހަމައަށް މިނިސްޓްރީގެ ކައުންޓަރުންނެވެ.

ޕްރޮޕޯސަލް ހުށަހަޅަން ވާނީ ސިޓީ އުރައެއްގައި ބަންދުކޮށް، އޭގެ ބޭރުގައި "އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" ލިޔުމަށް ފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް