ޑީއާރުޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓެއްގެ ގޮތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދު ޖާބިރު ހަމަޖައްސައިފި އެވެ.
އެ ޕާޓީން ބުނީ ޖާބިރަށް ރިޔާސީ ޓިކެޓު ދޭން ނިންމީއެ ޕާޓީން ބޭއްވި ހާއްސަ ކައުންސިލް ބައްދަލުވުމެއްގައި ކަމަށެވެ. ޖާބިރުގެ ނަން ފާސްވީ ބައިވެރިވި ހުރިހާ މެމްބަރުންގެ ތާއީދާއި އެކު އެވެ.
މިހާތަނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭކަން ރަސްމީކޮށް ހާމަ ކުރީ ޕީޕީއެމްއިންނެވެ. އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. އެކަމަކު އެމަނިކުފާނު އިންތިހާބުގައި ވާދަ ކުރައްވާކަން އަދި ހާމަ ނުކުރައްވާއިރު އެމްޑީޕީވެސް ކެންޑިޑޭޓެއް ނެރޭކަން ހާމައެއް ނުކުރެ އެވެ.
މީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށް އިއުލާން ކޮށްފަ އެވެ. އެކަމަކު ވާދަ ކުރައްވާ ބޭފުޅެއް އެ ޕާޓީން ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް