އުތުރާއި މެދުރާއްޖެ ތެރެއަށް ކަނޑާއި ވައި ގަދަ، އެންމެ ދެކުނަށް ވިއްސާރަ

ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި އެވެ. ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ. އެ އަސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ ހެނދުނު8:30 ން މެންދުރު ފަހު2:30 އަށެވެ. ދެ...

03 Aug 2022 | 05:48

ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި އެވެ.

ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ. އެ އަސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ ހެނދުނު8:30 ން މެންދުރު ފަހު2:30 އަށެވެ.

ދެން ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދަށެވެ. އެލާޓު ނެރެފައިވަނީ ހެނދުނު10:30 ން ހަވީރު4:00 އަށެވެ.

މީގެ ތެރެއިން އުތުރާއި މެދުރާއްޖެ ތެރެއަށް އާންމުގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ25 މޭލާއި30 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން މައުލޫމާތުދެ އެވެ.

ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ބޯކޮށް ވާރޭވެހި މިއަދު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި45 މޭލަށް އެ ސަރަހައްދަށްވެސް ވައި ގަދަވާނެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް