ޕްރިސީޒަން ދަތުރުގައި އެމެރިކާގައި ކުރިޔަށް ގެންދިޔަ ފަރިިތަކުރުންތަކުގައި ކަކުލު ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޮޕަރޭޝަނަކަށް ދާން ޖެހޭ ކަމަށް މެޑިކަލް ޓީމުން ލަފާ ދިން ނަމަވެސް އެ އޮޕަރޭޝަން ކުރުމަށް ޔުވެންޓަސް މިޑްފީލްޑަރ ޕޯލް ޕޮގްބާ ދެކޮޅު ހަދައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕޮގްބާގެ ކަކުލު ހުޅަށް ލިބިފައިވާ އަނިޔާ ސީރިއަސް ވުމުން ޔުވެންޓަސްގެ މެޑިކަލް ޓީމުން ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކުރަން ލަފާ ދީފައެވެ. އެހެން ނަމަވެސް މި އޮޕަރޭޝަން ކުރުމަށް ޕޮގްބާ ވަނީ ދެކޮޅު ހަދާފައިކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުން ޕޮގްބާ މި އޮޕަރޭޝަނާއި ދެކޮޅު ަދާފައިވަނީ މި އޮޕަރޭޝަނުގެ ސަބަބުން ކުރިޔަށް އޮތް ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ނުކުޅެވިދާނެ ކަމުގެ ބިރު އޮތުމުންނެވެ. އަދި އޮޕަރޭޝަންގެ ބަދަލުގައި ޕޮގްބާ ބޭނުން ވަނީ ފިޒިއޮތެރަޕީ ހަދައިގެން ކަކުލަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދުމަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
މެންޗެސްޓަރ ޔުނައިޓެޑުން ހިލޭ ޓްރާފާގެ ދަށުން މީގެ މަހެއްހާ ދުވަސް ކުރިން އިޓަލީގެ ޔުވެންޓަސްއާއި ގުޅުނު ޕޮގްބާ އަށް ލިބުނު އަނިޔާއާއި ގުޅިގެން މަދުވެގެން ދެ މަސް ދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް ކުލަބުގެ މެޑިކަލް ޓީމުން ހާމަކުރި ނަމަވެސް ޕޮގްބާ ބޭނުން ވަނީ ގިނަވެގެން ހަފްތާއެއްގެ ތެރޭ އަނިޔާއިން ރަނގަޅު ވެގެން އެނބުރި ކުޅުމުގެ ތެރެއަށް އައުމަށެވެ.
މިމަހުގެ 15 ވަނަ ދުވަހު އިޓަލީ ލީގުގައި ސަސުއޯލޯއާއި ދެކޮޅަށް ޔުވެސްޓަސް ކުޅޭ މެޗަށް ފިޓްވުމަށް ޕޮގްބާ ދަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް