ސިނަމާލޭ ބްރިޖު ކައިރިން ދަތުރު ކުރި ޑީންގީއެއް ބަންޑުން ޖަހާލައިފި އެވެ.
މެރިން ޕޮލިހުން މައުލޫމާތުދޭގޮތުގައި މި ހާދިސާ ހިނގީ މިއަދު ހެނދުނު7:22 ހާއިރު އެވެ.
ހާދިސާ ހިނގި އިރު ޑީންގީގައި ދެ މީހުން ތިއްބެވެ. ފުލުހުން ބުނީ އެމީހުން ކަނޑުމަތިން ނެގީ މެރިން ޕޮލިހުން އެ ސަރަހައްދަށް ގޮސްކަމަށެވެ.
މި ހާދިސާގައި އެމީހުންނަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.
ފުލުހުން ބުނީ ޑިންގީ އެ ސަރަހައްދުން ނެގުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުގާޑުން މިހާރު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް