މެންޗެސްޓަރ ޔުނައިޠެޑަށް ކުޅެމުން އަންނަ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމަށް ވަރަށް ބޮޑަށް ބޭނުންވި ކަމަށާއި އެހެން ނަމަވެސް އެކަން ކާމިޔާބު ނުވިކަމަށް އިޓަލީގެ ކުލަބު ނަޕޮލީން ބުނެފިއެވެ.
ނަޕޯލީގެ ރައީސް އޮރެލިއޯ ޑި ލޮރެންޓިސް އާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުން ރޮނާލްޑޯ ހޯދުމަށް ނަޕޮލީން މަސައްކަތް ކުރިއެވެ. އެގޮތުން ނަޕޮލީން ވަނީ ރޮނާލްޑޯ ހޯދުމަށް ހުށައެޅުމެއް ވެސް ހުށައަޅާފައެވެ. ނަމަވެސް ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް ވަނީ ނަޕޮލީގެ މި ހުށައެޅުން ގަބޫލު ނުކޮށްފައި ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މެންޑޭސް އާއި ގާތް ގުޅުމެއް އޮންނަ ނަޕޯލީގެ ރައީސް އޮރެލިއޯ ޑި ލޮރެންޓިސް އާއި ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ ނަޕޮލީން ރޮނާލްޑޯ ގެންދަން ބޭނުންވީ ޕްރިސީޒަނަށް ތައްޔާރުވުމުގެ ކުރިންނެވެ. ޕްރިސީޒަންގެ ކުރިން ނަޕޮލީން ރޮނާލްޑޯ ގެނައުމަށް މަސައްކަތް ކުރި ނަމަވެސް މިހާރު އެކުލަބުން ރޮނާލްޑޯ ގެންނާކަމަށް ބޭނުމެއް ނުވެއެވެ. އެއީ ޕްރިސީޒަނަށް ތައްޔާރުވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވުމާއި އެކު ރޮނާލްޑޯ މިވަގުތު ނަޕޮލީގެ ސްކޮޑަށް ފިޓް ނުވާނެކަމަށް ބެލެވޭތީއެވެ.
ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލަން ބޭނުން ވާކަން ހާމަކުރި ފަހުން ޔުނައިޓެޑުގެ ޕްރިސީޒަން ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ. އަދި ޕްރިސީޒަން ދަތުރުގައި ވެސް އޭނާ ބައިވެރިވެފައެއް ނުވެއެވެ.
ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށް ޗެމްޕިއަންސް ލީގު ކުޅޭ ކުލަބަކަށް ބަދަލުވާން މަސައްކަތް ކުރަމުން އަންނައިރު، އޭނާ އަށް އެހެން ޓީމަކުން ފުރުސަތެއް ލިބޭތޯ މެންޑޭސް ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ރޮނާލްޑޯއަށް ފުރުސަތެއް ހޯދުމަށް މެންޑޭސް ވަނީ ޔޫރަޕުގެ ކުލަބު ފުޓްބޯޅައިގައި ނަން މަޝްޙޫރު ގިނަ ކުލބުތަކަކަށް ހުށައެޅުން ހުށައަޅާފައެވެ. އެގޮތުން ޖަރުމަނުގެ ބަޔާން މިޔުނިކް، ފްރާންސްގެ ޕީއެސްޖީ، ޗެލްސީ ފަދަ ކުކަބުތަކައް ހުށައެޅުން ހުށައަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މީގެން އެއްވެސް ކުލަބަކުން ރޮނާލްޑޯ ގެންދާކަށް ބޭނުމެއް ނުވެއެވެ.
ރޮނާލްޑޯ މިހާރު ވަނީ ޔުނައިޓެޑުގެ ފަރިތަކުރުންތަކަށް ނުކުމެފައެވެ. އެގޮތުން އެންމެ ފަހުން ސްޕެއިންގެ ރަޔޯ ވައެކާނޯއާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ރޮނާލްޑޯ ވަނީ ކުޅެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް