ރ. އަތޮޅު ކައުންސިލުގެ ނައިބް ރައީސް ހޮވުމަށް ބާއްވާ ޖަލްސާ އަންނަ ބްރާސްފަތި ދުވަހު އެ އަތޮޅު މީދޫގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ޖަލްސާ މީދޫގައި ބާއްވަން ނިންމީ ރ. އަތޮޅުގެ ރަށްތަކުގައި ކޯވިޑް-19 ފެތުރި ގިނަ ދުވަސްތަކެއް ވަންދެން ގިނަ ރަށްތަކެއް މޮނިޓަރިންގައި އޮތުމުގެ ސަބަބުން އަތޮޅު ކައުންސިލުގެ ނައިބް ރައީސް އިންތިޚާބު ނުކުރެވި ދިގުލައިގެން ދިއުމާއި މިހާރު ކޮންމެވެސް ވަރަކަށް ހާލަތަށް ބަދަލު އައުމާއި ގުޅިގެންނެވެ.
އަދި މީދޫގައި ޖަލްސާ ބާއްވަން ނިންމީ އުނގޫފާރު މޮނިޓަރިންއަށް ލާފައި ވާތީއެވެ.
ރ. އަތޮޅު ކައުންސިލުގެ ނައިބް ރައީސް އިންތިޚާބު ކުުރުމަށް މީދޫގައި ޖަލްސާ ކުރިއަށްދާނީ އެޗްޕީއޭގެ ގައިޑް ލައިނާއި އުސޫލުތަކާއި އެއް ގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.
މި ޖަލްސާ އޮންނާނީ މީދޫ ޖަމްއިއްޔަތުއް ޞަލާހުގެ ހޯލުގައި ބްރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގައި ކަމަށް އެ ކައުންސިލުން މަޢުލޫމާތު ދެއެވެ.
މިއީ އުނގޫފާރުން ބޭރުގައި އަތޮޅު ކައުންސިލުގެ ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް